09 May 2016, 10:19
ލ. އަތޮޅުން: އަހުމަދު ޝަރުވާން
ރައީސް ޔާމީން ލ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
އެ ދަތުރުފުގައި ރައީސް ޔާމީން އާއި ދައުލަތުގެ ބައެއް ވަޒީރުން މާލެއިން ފުރާވަޑައިގެންނެވީ މިއަދު ހެނދުނު 9.45 އެހާކަންހާއިރު އެވެ.
ރައީސް ޔާމީން މި އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މި އަތޮޅު މާވަށު މިސްކިތް ހުޅުވައި ދެއްވުމާއި ގަމު ނަރުދަމާ ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމުގެ އިތުރުން ފޮނަދު އަށް ލ. ގާދޫ ރައްޔިތުން ބަދަލުކުރުމުގެ ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވާނެ އެވެ.
އޭގެ އިތުރުން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ އެވެ.