14 May 2016, 10:55
އެވްރެޖްކޮށް އެމެރިކާގެ 10 އަހަރުގެ ކުއްޖަކަށް ހެދެނީ ގާތްގަނޑަކަށް 50 ސިޓް-އަޕްސް އެވެ. އާދައިގެ މީހަކަށްވެސް އެވަރު ވާނޭ ކަމާމެދު ޝައްކެވެ. ނަމަވެސް ކެންސަސް ސިޓީގެ ކުއްޖަކު މިވަނީ އެވްރެޖް ކުއްޖަކު ހަދާ ސިޓް-އަޕްސް އަށްވުރެ 40 ގުނަ އިތުރަށް ހަދައި، ގައުމީ ރިކޯޑް ވެސް މުގުރާލާފައެވެ.
އެ ރިކޯޑް ހެދި، ކެންސަސް ސިޓީގެ ފޮންކްސްހިލް އެލެމެންޓަރީ ސްކޫލްގެ ގްރޭޑް ފަހެއްގައި ކިޔަވަމުން އަންނަ ކައިލީ ބޭސް ވަނީ 90 މިނެޓު ތެރޭގައި 2110 ސިޓް އަޕްސް ހަދާފައެވެ. އެ ރިކޯޑް ހަދާފައިވަނީ މީގެ ކުރިން އެ ރިކޯޑް އޮތް މީހާއަށްވުރެ ނުވަ ސިޓްއަޕްސް އިތުރަށް ހަދައިގެންނެވެ.
އެމެރިކާގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ގައުމީ ޖަމިއްޔާއެއް ކަމަށްވާ، ޕްރޮޖެކްޓް ފިޓް އެމެރިކާ އިން އެމެރިކާގެ ސްކޫލްތަކުގައި ކުރިއަށްގެންދާ ފިޓްނަސް އެޑިއުކޭޝަން އެއްގެ ދަށުން، ކައިލީ ހެދި އެ ރިކޯޑާއެކު ފިޓްނަސް ކޯޗުން ވެސް ތިބީ ހައިރާންވެފައެވެ.
"އަހަރެން ހީކުރީ އަހަރެންނަކީ ވަރަށް އެކްޓިވް މީހެއްކަމަށް. އެކަމަކު އަހަރެން ހައިރާވެއްޖެ. ކައިލީ އަކީ އަހަރެންގެ ހީރޯ. އަހަރެންގެ އުއްމީދަކީ މިހާރު ކައިލީ މަސައްކަތްކުރާ ވަރަށްވުރެ އިތުރަށް މަސައްކަތްކުރުން،" ކައިލީގެ ކޯޗް ބިލް ލެންޓްސް ބުނެފައިވެ އެވެ.
މައުލޫމާތު: ދި އިންޑިޕެންޑެންޓް