ރާއްޖެ އެތެރެކޮށް ވިއްކާ ބޭސްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ހެލްތު މިނިސްޓްރީން ޕޯސްޓް މާކެޓް ސާވެއިލަންސް ހަދަން ފަށައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި އިއިލާނެއްގައި ބުނެފައި ވަނީ ޕޯސްޓް މާކެޓް ސާވެއިލަންސް ސިސްޓަމް ހަރުދަނާކުރުމުގެ ގޮތުން މާކެޓުގައި ވިއްކަންހުރި ބޭސްތައް އިތުރަށް ބަލައި ޗެކުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ޕޯސްޓް މާކެޓް ސާވެއިލެންސްގެ ނަތީޖާއަށް ބަލައި އެޕްރޫވްޑް ޑްރަގް ލިސްޓު ރިވިއުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

މިނިސްޓްރީން ވަނީ އެ މަސައްކަތުގައި ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކުގެ އެއްބާރުލުން ދިނުމަށް އެދިފަ އެވެ.