މާލޭގައި ކުޑަކުޖެއްގެ ގަޔަށް ވަޅި ހަރައި އެކުއްޖާގެ ފޯނު ފޭރިގެންފިއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ސަން އަށް ވިދާޅުވީ މިރޭ 8:00 އެހައިކަންހާއިރު ހެންވެއިރު އަބަދަށްފަހި މަގުގައި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމަށްފަހު އެކުއްޖާގެ ފޯނު ފޭރިގެންފައިވާ ކަމަށެވެ.

އެކުއްޖާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާދެމުންނެވެ. އެނގިފައިވާގިތުގައި އޭނާގެ ހާލު ސީރިއަސްއެވެ. އޭޑީކޭގެ ބަހެއް އަދި ވަނީ ލިބޭގޮތްނުވެފައެވެ.

އެމައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާއިރު އެކަން ކުރި ފަރާތްތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިރޭ މާރާމާރީއެއް ހިންގައި ކުޑަކުއްޖަކު ޒަހަމްކޮށްލާފައިވާއިރު ރޭ ވަނީ މާލޭ ގެއެއްގެ ތެރޭގައި އުމުރުން ދުވަސްވީ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައެވެ.