ބޭރޫތު (މޭ 31): ސީރިއާގެ އިދުލިބަށް ރަޝިއާ އިން ރޭ ދިން ހަމަލާތަކުގެ ސަބަބުން މަދުވެގެން 23 މީހަކު މަރުވެފައިވާ ކަމަށް ސީރިއާގެ ހާލަތު މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.

އޮބްޒަވޭޓަރީ އިން ބުނި ގޮތުގައި ރަޝިއާގެ ވައިގެ ހަމަލާތައް އަމާޒުވި ސަރަހައްދުތަކުގެ ތެރޭގައި އިދުލިބުގެ ހޮސްޕިޓަލެއް ހުންނަ ސަރަހައްދެއް ހިމެނެ އެވެ. އަދި އޭގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ހަތް ކުޑަކުދިން ހިމެނޭ ކަމަށް އޮބްޒަވޭޓަރީގެ ޑިރެކްޓަރު ރަމީ އަބްދުއްރަހްމާނު ވިދާޅުވި އެވެ.

ސީރިއާގައި އޮތް ބައްޝާރުލް އައްސަދުގެ ވެރިކަމާ ދެކޮޅު ފަރާތްތަކަށް ރަޝިއާ އިން ވައިގެ ހަމަލާދޭން ފެށީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. އިދުލިބަކީ އަލް ގައިދާއާ ގުޅުން ހުރި އަލް ނުސްރާ ފަދަ ސަރުކާރާ އިދިކޮޅު ފަރާތަކުން ހިފާފައިވާ ސަހަރެކެވެ. (ރޮއިޓާސް)