އެކި މައްސަލަތަކުގައި 2009 ވަނަ އަހަރުން 2011 ވަނަ އަހަރާއި ހަމަހަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި މަސްތުވާތަކެތީގެ ތެރެއިން ޝަރުއީ މަރުޙަލާއަކަށް ނުދާ މަސްތުވާތަކެއްޗާއި އެ ތަކެއްޗާއެކު ގެނެވުނު ބައެއް އާލާތްތަކާއި އެހެނިހެން ތަކެތި މިއަދު ދޫނިދޫގައި ނައްތާލައިފި އެވެ.

މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކާ ގުޅިގެން 2009 ވަނަ އަހަރުން 2011 ވަނަ އަހަރާއި ހަމަހަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން ޝަރުޢީ މަރުޙަލާއަކަށް ނުދާ މަސްތުވާތަކެތި ނައްތާލުން -- ސަން ފޮޓޯ : މުހަންމަދު އަފްރާހް

މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ދޫނިދޫގައި މިއަދު ނައްތާލާފައި ވަނީ ޝަރުއީ މަރުޙަލާއަކަށް ނުދާ 593 މައްސަލައެއްގައި ހިމެނޭ ތަކެއްޗެވެ. ފުލުހުން ބުނީ މިއަދު ނައްތާލި ތަކެތީގެ ތެރޭގައި 805 ހެކި ހިމެނޭ ކަމަށެވެ.

މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކާ ގުޅިގެން 2009 ވަނަ އަހަރުން 2011 ވަނަ އަހަރާއި ހަމަހަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން ޝަރުޢީ މަރުޙަލާއަކަށް ނުދާ މަސްތުވާތަކެތި ނައްތާލުން -- ސަން ފޮޓޯ : މުހަންމަދު އަފްރާހް

މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 2918 ރަބަރު ޕެކެޓާއި 1145 ސެލޯފިންކޮޅާއި ހަތް ޕައިޕާއި 13 ފޮއިލްކޮޅާއި 199 އެހެނިހެން ތަކެއްޗެވެ.

މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކާ ގުޅިގެން 2009 ވަނަ އަހަރުން 2011 ވަނަ އަހަރާއި ހަމަހަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން ޝަރުޢީ މަރުޙަލާއަކަށް ނުދާ މަސްތުވާތަކެތި ނައްތާލުން -- ސަން ފޮޓޯ : މުހަންމަދު އަފްރާހް

އޭގެ ތެރޭގައި ހިމެނެނީ 602.14 ގުރާމު ހެރޮއިން އާއި 1227.98ގ ކެނަބިސް ކަމަށް ފުލުހުން ބުނެ އެވެ.