07 Jun 2016, 13:08
އިސްތަންބޫލް (ޖޫން 7): ތުރުކީގެ ވެރިރަށް އިސްތާންބޫލުގައި މިއަދު ފުލުހުންގެ އުޅަނދެއް ގޮއްވާލައި 11 މީހަކު މަރާލާއިފި އެވެ.
އެހަމަލާގައި ހަތް ފުލުހުންނާއި، ހަތަރު އާއްމުން މަރުވެފައިވާ ކަމަށާއި 36 މީހަކަށް އަނިޔާވެފައިވާ ކަމަށް އިސްތަންބޫލުގެ ގަވަރުނަރު ވާސިޕު ސާހިން ވިދާޅުވި އެވެ.
އެހަމަލާ ދީފައި ވަނީ ކާރެއްގައި ރިމޯޓު ކޮންޓްރޯލް ބޮމެއް ގޮއްވާލައިގެން ކަމަށާއި ހަމަލާ ދީފައި ވަނީ ގްރޭންޑް ބާޒާރު ކައިރީގައި ކަމުން ހަމަލާ ދިން ކަމަށް ލަފާ ކުރެވެނީ ފަތުރުވެރިންނަށް ދިން އިންޒާރެއްގެ ގޮތުގައި ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކުރި އެވެ.
މިއަހަރު ތެރޭގައި އައިއެސް އިން ވަނީ އިސްތަންބޫލަށް ވަރުގަދަ ދެހަމަލާއެއްދީ 32 އަށް ވުރެ ގިނަ މީހުން މަރާލާފައިވެ އެވެ. އޭގެ ސަބަބުން ތުރުކީގެ ސަލާމަތީ ލެވެލް ވަނީ މަތިކޮށްފަ އެވެ. އަދި އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ ޓްރެވެލް އެލާޓް ނެރެފަ އެވެ. (އަލްޖަޒީރާ)