13 Jun 2016, 12:32
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި އަބްދުއްރައްޒާގު ހަލީމު އިއްޔެ އެމަގާމުން ވަކިކޮށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު ހަމަޖައްސަފިއެވެ.
ސަން އަށް އެނގިފައިވާގޮތުގައި ހަލީމު އެމްޓީސީސީގެ ސީއީއޯކަމުން ވަކިކުރީ އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހަމަޖެއްސުމަށެވެ. ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ވަނީ ހަލީމު އެމަގާމަށް ހަމަޖައްސައިފައެވެ.
އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް އިއްޔެ މަގާމުން ވަކިކޮށްފައިވާއިރު އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައެވެ.
ދައުލަތަށް އެއްމިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުންވި މައްސަލައެއްގެ ތުހުމަތުގައި ނަޒީމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.