21 Jun 2016, 21:17
ފްރާންސްގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މުޅިން އާ ޑިޒައިނެއްގެ ބޯޅަ އެއް ބޭނުންކުރޭނެ ކަން ހާމަކޮށް އެ ބޯޅަ ޔުއެފާއިން ދައްކާލައިފިއެވެ.
ފްރާންސްގައި މިހާރު ފެށިގެން ކުރިއަށްދާ ޔޫރޯ ފުޓްބޯޅު މުބާރާތުގެ ގުރޫޕް އޭގެ ފަހު މެޗުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ފްރާންސުން ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ވަނީ ޔޫރޯގެ ތާރީހްގައި މެޗެއް ކުޅެމުން ދަނިކޮށް ބޯޅަ ފަޅައިގެން ގޮސްފައެވެ.

ޔޫރޯގެ ތާރީޙްގައި ބޭނުން ކުރި ބޯޅަ ތައް ---
ނަމަވެސް ޔުއެފާ އިން ބުނީ އެޑިޑާސް އިން ޔޫރޯ އަށް ހާއްސަ ކޮށްގެން ނެރުނު "ޜޫ" ބޯޅަ އަކީ ފެންވަރު ރަނގަޅު ބޯޅެއެއް ކަމަށާއި ދެވަނަ ބުރުގައި ވެސް ބޭނުން ކުރާނީ ހަމަ އެ ބޯޅަ ކަމަށާއި ނަމަވެސް ތަފާތު ވާނީ ބޯޅައިގެ ޑިޒައިން އެކަނި ކަމަށެވެ.
މި ފަހަރުގެ ޔޫރޯގައި ބޭނުންކުރާ "" އަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ރަސްމީ ފުޓުބޯޅަ "ބްރަޒޫކާ"ގައި ހުންނަ ޕެނަލް ޝޭޕް އަށް ތައްޔާރު ކޮށްފައިވާ ބޯޅައެކެވެ. ނަމަވެސް، "ބޫ ޒޫ" ބޯޅައިގެ ވަށައިގެންވާ ސްޓްރަކްޗާ ވަނީ ރަނގަޅު ކޮށްފައި ކަމަށާއި އޭގެ ގްރިޕް ވެސް ރަނގަޅު ކުރެވިފައިވާ ކަމަށް އެޑިޑާސް އިން ބުނެއެވެ.