ނިއުޔޯކް (ޖޫން 23): ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީގެ ކުރީގެ ރައީސް، ޖޯން އޭޝް 61 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އޭނާގެ ވަކީލުން އިއްޔެ ވިދާޅުވެއްޖެ އެވެ.

ދެހާސް ތޭރައިން 2014 އަށް ޖެނެރަލް އެސެމްބްލީގެ ރައީސްކަން ކުރެއްވި އޭޝް އަވަހާރަވެފައި ވަނީ އޭނާގެ މައްޗަށް ރިޝްވަތު ނެގުމުގެ ދައުވާ ކޮށްފައި ވަނިކޮށެވެ. ޗައިނާގެ ވިޔަފާރިވެރިންގެ އަތުން އެއް މިލިއަން ޑޮލަރަށް ވުރެ ގިނައިން ރިޝްވަތު ނަގާފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ އެމެރިކާގެ ޕްރޮސިކުއަޓަރުންނެވެ.

ޔޫއެން ޖެނެރަލް އެސެމްބްލީގެ މިހާރުގެ ރައީސް މޮގެންސް ލިކެޓޮފްޓް ވަނީ އޭޝް އަވަހާރަވެފައި ވަނީ ހާޓް އެޓޭކެއްގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ. އަދި އޭޝްއާ ދެކޮޅަށް ކުށުގެ ތުހުމަތު ކޮށްފައިވީ ނަމަވެސް، އޭނާ އަވަހާރަވުން ވެގެން ދާނީ ޔޫއެންގައި އޭނާއާ އެކު މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް ހިތާމަވެރި ހަބަރަކަށް ކަމަށް ވިދާޅުވެފަ އެވެ.

އޭޝް އަވަހާރަވީ އިރު އޭނާގެ އަނބިކަނބަލަކާއި ދެދަރިކަލުން ދުނިޔޭގައި އެބަތިއްބެވި އެވެ. (ރޮއިޓާސް)