23 Jun 2016, 23:37
މާލޭގައި މިރޭ ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކު ޒަހަމްވެއްޖެ އެވެ.
މިރޭ 10:27 އެހާކަށް ހާއިރު އެކްސިޑެންޓު ހިނގާފައި ވަނީ ހަތަރު ނަންބަރު ފާލަން ކައިރިން ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެންނެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ 'ސަން' އަށް މިރޭ ވިދާޅުވީ އެކްސިޑެންޓުގައި ދެ މީހަކަށް އެކިވަރުގެ އަނިޔާވެގެން އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.
އެކްސިޑެންޓުވި ސައިކަލް: ދެ މީހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި -- ފޮޓޯ: ޓުވިޓާ
އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 26 އަހަރުގެ ފިރިހެނަކަށާއި 28 އަހަރުގެ ފިރިހެނަކަށެވެ.
ގައިގެ ބައެއް ތަންތަން މަށައިގެން ދިޔަ ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް އޮފިސަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ސައިކަލު ދުއްވަން އިން އެކަކުގެ އަތުގައި ލައިސެންސް ނެތްކަން އެނގިފައިވާ ކަމަށެވެ.