ވިލިމާލެ އާއި ފޭދު ފިނޮޅާ ދެމެދު ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓުވެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި 15 މީހުންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް މިއަދު ސަން އަށް ވިދާޅުވީ އެ 15 މީހުންނަށް ފަރުވާދިނުމަށްފަހު ރޭ ދޫކޮށްލާފައިވާއިރު އެއެންމެންގެ ވެސް ހާލު ރަނގަޅު ކަމަށެވެ.

ތޭރަ މީހުންނާއެކު ދަތުރު ކުރި ލޯންޗަކާއި ދޯންޏެއް ޖެހިގެން ރޭ ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 10 ބިދޭސީންނާއި ފަސް ދިވެހިންނަށެވެ.

ޒީނަތު ވިދާޅުވީ އަނިޔާވި މީހުންނަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިނުވާ ކަމަށެވެ.