29 Jun 2016, 16:37
ހއ. ހޯރަފުށިން ޑިންގީއެއްގައި ފަރުމަހަށް ނިކުމެ އުޅުނު ދެ މީހަކު ކަނޑުވެފައި ތިއްބައި ސަލާމަތްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެދެ މީހުންގެ ހަބަރެއް ނުވެގެން އިއްޔެ އާއިލާގެ ފަރާތުން ހަވީރު ފުލުހުންނަށް ހުށަހެޅުމުން، ފުލުހުންނާއި މަނަފަރު ރިސޯޓާއި ހޯރަފުށީ ރައްޔިތުން ކުރި މަސައްކަތުން އެމީހުން ފެނުނީ އިއްޔެ ހަވީރު 5:30 ކަންހާއިރު ހއ. ގޮއްވާފުށީ އިރުމަތީ ފަރާތު ކަނޑުން ކަމަށެވެ.
އެ ހާދިސާގައި ކަނޑުީި، 53 އަހަރުގެ މީހަކާއި 54 އަހަރުގެ ދެ ފިރިހެނުންނެވެ. އެ ދެމީހުންގެ ހާލު ދެރަވުމުން ހޯރަފުށީ މަރުކަޒުން ވަނީ ފަރުވާދީފައެވެ.
އެ ދެ މީހުންނާ ހަވާލާދީ ފުލުހުން ބުނީ އެމީހުން މަސްވެރިކަމަށް ނުކުތް ޑިންގީ ރާޅަކާ ޖަހައި ބަންޑުންޖަހާލީ ކަމަށެވެ. އެ ޑިންގީވެސް މިހާރުވަނީ ހޯރަފުށްޓަށް ގެނެސްފައެވެ.