30 Jun 2016, 10:32
ބޭނުންވާ ތަކެތި:
- 2 ދޮން އަނބު
- 1 1/2 ޖޯޑު ހަނޑޫ
- 1 1/2 ޖޯޑު ކާށި ކިރު
- 1/2 ޖޯޑު ހަކުރު
- 1/2 ސައިސަމުސާ ލޮނު
ތައްޔާރު ކުރާނެ ގޮތް:
ހަނޑޫ ފެނު އަޅާފައި ހަތަރު ގަޑި އިރު ބަހައްޓާށެވެ. އެއަށްފަހު ފެން ފޮދު އުކާލައި ކައްކަން އުދާށެވެ.
ތަވައަކަށް ކާށި ކިރު އެޅުމަށްފަހު މަޑު ގިނީގައި ހޫނު ކުރާށެވެ. ހޫނުވުމުން އުނދުން މަތިން ބާލައި އޭގެ ތެރެއަށް ހަކުރާއި ލޮނު އަޅަައި ގިރާލާށެވެ.
ބަތް ތަވާ ކެކުމުން، ބޯތަށްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް 3/4 ޖޯޑު ކާށި ކިރު މިކްސް އަޅައި އެއްކޮށްލާށެވެ. ދެން ބައި ގަޑި އިރު ވަންދެން ބަހައްޓާލާށެވެ. އޭރުން ސްޓީކީ ރައިސް ތައްޔާރުވީ އެވެ.
އަނބުތައް މަށައި ފޮތި ކުރާށެވެ.
އެއަށްފަހު ތަށްޓަކަށް ސްޓިކީ ރައިސް އަޅައި އޭގެ މަތީގައި އަނބު ފޮތި އަތުރާލާށެވެ. ކާނީ އަނބާއި ސްޓިކީ ރައިސް އެއްކޮށެވެ.