ރެއިންބޯ ރަމަޒާން ސޭލް 2016 ގެ ގުރުއަތުލުން ކުރިޔަށް ގެންގޮސް، ނަސީބުވެރިން ހޮވައިފި އެވެ.

ރެއިންބޯ ރަމަޒާން ސޭލަކީ ކޮންމެ އަހަރަކު ވެސް ރެއިންބޯ އިން ކުރިޔަށް ގެންދާ ޚާއްސަ ސޭލެކެވެ. މި އަހަރުގެ ސޭލްގައި ރެއިންބޯއިން ވިޔަފާރިކޮށްގެން ބައިވެރިވެވޭ ގުރުއަތުން ހޮވޭ ފަރާތްތަކަށް ވަރަށް އަގުހުރި އިނާމުތަކެއް ހުށަހަޅާފައިވެ އެވެ.

އެގޮތުން، އެއްވަނައަށް ދާ ފަރާތަކަށް ޕީސީއެކްސް ސައިކަލެއް، ދެވަނައަށް ދާ ފަރާތަކަށް 55 އިންޗީގެ ސެމްސަންގް ކާވް ޓީވީއެއް އަދި ތިންވަނަ އަށް ދާ ފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް7 އެޖް ފޯނެއް ހުށަހަޅާފައިވެ އެވެ.

ރެއިންބޯ ބިލްޑްވެއާ ފިހާރައިގައި ކުރިޔަށް މިރޭ ގުރުއަތު ނަގާފައިވާ އިރު، ތިންވަނަ އަށް ދިޔަ ފަރާތެއްގެ ގޮތުގައި ހުވުނީ ހ. އަގި އިސްމާއިލް ޒާހިރު (ކޫޕަން 23559) އެވެ.

ދެވަނަ އިނާމުގެ ނަސީބުވެރިއަކަށް ހޮވުނީ ހ. އާދޫ، ނަދީމް (ކޫޕަން 37813) އެވެ.

އަދި އެއްވަނަ އިނާމު ކަމުގައިވާ ޕީސީއެކްސް ސައިކަލު ލިބޭ ނަސީބުވެރިއަކަށް ހޮވުނީ މއ. ބަގީޗާގެ، އަރީޝް (ކޫޕަން 36469) އެވެ.