އައްޑޫ ސިޓީ ފޭދޫ މަގުމަތީގައި ޕާކު ކޮށްފައި އޮތް ދެ ކާރެއްގައި ރޯކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ރޭ ދަންވަރު 2:00 އެހާކަންހާއިރު ފޭދޫ މިސްރާބު ފިހާރަ ކުރިމަތީގައި އޮތް ދެ ކާރެއްގައި ރޯވެފައިވާ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ދެ ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ފުލުހުންނާއި އާންމު ރައްޔިތުން ކުރި މަސައްކަތްކުން މާ ގިނަ އިރުތަކެއް ނުވަނީސް އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.

އެ މައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.