ރޯމް (ޖުލައި 12): އިޓަލީގެ ދެކުނުގައި އޮންނަ ޕޫލިއާ ޕްރޮވިންސުން ދަތުރު ކުރަމުން ދިޔަ ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 10 މީހަކު މަރުވެ ގިނަ ބަޔަކު ޒަހަމްވެއްޖެ އެވެ.

އިޓަލީގެ ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓު ހިނގާފައި ވަނީ ދެރޭލު ވެސް އެއް ޓްރެކެއް މަތިން ދަތުރު ކުރަމުން ދަނިކޮށެވެ. އެހެން ކަމުން އެކްސިޑެންޓު ހިނގަން މެދުވެރިވީ ސިގްނަލް ދިނުމުގެ މައްސަލައެއްގެ ސަބަބުން ނުވަތަ އެއް ރޭލު ދުއްވަން ހުރި މީހާގެ ކުށުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ.

"ދިހަ މީހަކު މަރުވެފައިވޭ އަދި އެތައް ބަޔަކަށް އަނިޔާވެފައިވޭ. މީހުން ސަލާމަތް ކުރާ ޓީމުތަކާއެކު އަޅުގަނޑުމެން ދަނީ ރޭލުގެ ކެރިޖްތައް ހުޅުވުމުގެ މަސައްކަތް ކުރަމުން،" ފަޔާ ސާވިސްގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

އިޓަލީގެ ބޮޑުވަޒީރު މަޓެއޯ ރެންޒީ ވަނީ ހާދިސާ ހިނގަން މެދުވެރި ސަބަބު ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ. (ރޮއިޓާސް)