ބަޣާވާތަކުން ތުރުކީގެ ވެރިކަމާ ހަވާލުވާން މަސައްކަތް ކުރި އެގައުމުގެ އަސްކަރިއްޔާއަށް ނިސްބަތްވާ ބައެއް ފައުޖުތަކުން ހަމަނުޖެހުންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، އެގައުމުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް އެ ހާދިސާތަކުގައި އަނިޔާވެފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައިވާ ގޮތުން އެ މިނިސްޓްރީން ދަނީ ތުރުކީގެ ހާލަތު މޮނިޓާ ކުރުމުންނެވެ. އަދި ތުރުކީގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ މައުލޫމާތު އަދި މިނިސްޓްރީއަށް ލިބިފައި ނުވާކަމަށް ބުނެފައިވެއެވެ.

ރޭގެ ބަޣާވާތް ނާކާމިޔާބުވެފައިވާ ކަން ތުރުކީގެ ބޮޑުވަޒީރު ބިނާލީ ޔިލްދްރިމް އިއުލާން ކުރައްވާފައިވާ އިރު ރޭގެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 161 އަށް އަރާފަ އެވެ.