18 Jul 2016, 00:45
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް އީދު ކަމަށްވާ އައިޑިއާސް ކަޕް، ހަ ގުރޫޕަކަށް ބަހާލައިގެން މިރޭ ގުރުއަތުލުން ބާއްވައިފިއެވެ.
ހއ. ކެލާ އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމެންޓަލް އެވެއާނަސް ސޮސައިޓީ (އައިޑިއާސް) އިން އިންތިޒާމުކޮށްގެން ބާއްވާޔޭޔޭ އައިޑިއާސް ކަޕް 2016ގައި ޖުމުލަ 24 ޓީމު ބައިވެރިވެފައި ވެއެވެ.
މުބާރާތުގެ ކުޅުން މިމަހުގެ 20 އިން އަންނަ މަހުގެ 24 އަށް ކުރިއަށްދާއިރު ދެވަނަ ބުރަށް ދަތުރުކުރާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އަދި ތިން ވަނައަށް ދާ ޓީމް ތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ހަތަރު ޓީމަކަށް ވެސް ގަދަ 16 އިން ޖާގަ ލިބޭނެއެވެ.
ޔޭޔޭ އައިޑިއާސް ކަޕްގެ ގުރުލުމަށް މިރޭ އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ގްރޫޕް އޭ
- ކޮޅުފުށި
- ތުޅާދޫ
- ހޯރަ ޔުނައިޓެޑް
- ކަސްޓަމްސް
ގްރޫޕް ބީ
- މަޑަވެލި
- ރެއިންބޯ
- އެލައިޑް
- މުލި
ގްރޫޕް ސީ
- އޮމަދޫ
- ވިންސިންޑޯ
- އެމްއެމްއޭ
- އެސްޓީއޯ
ގްރޫޕް ޑީ
- ކުލަބް އިމިގްރޭޝަން
- ލަގާނާ
- ޕީޖީ
- ޓިޑްސް
ގްރޫޕް އީ
- ބީއެމްއެލް
- ނައިފަރު
- މުންޑިއަންސް
- އެމްއާރުޑީސީ
ގްރޫޕް އެފް
- އެމްޕީއެލް
- ޕްރެޒިޓެންޓް އޮފީސް
- ހިއްނަވަރު
- އާސަންދަ

ޔޭޔޭ އައިޑިއާސް ކަޕްގެ ގުރުލުމަށް މިރޭ އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ރާއްޖޭގެ އެކި ރަށްރަށުގެ ކްލަބު ޖަމިއްޔާތަކަށާއި މާލޭގެ އޮފީސް ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތުގެ އޮންލައިން ޕާޓުނަރަކީ ސަން އޮންލައިންނެވެ.
މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅި ނަމަވެސް، މި އަހަރުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައި ވަނީ 30،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި ރަނަރަޕް ޓީމަށް މި އަހަރު ކަނޑައަޅާފައި ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާގެ މަގާމު ހޮވުމަށް ނިންމާފައިވެ އެވެ. ވަނަތަކަށް ހޮވޭ ކުޅުންތެރިންނަށް ޓްރޮފީއެއް ދިނުމަށް އައިޑިއާސް އިން ވަނީ ނިންމައިފަ އެވެ.