ވިލިމާލޭގައި ދުއްވަމުން ދިޔަ ވެހިކަލެއްގައި އަލިފާން ރޯވެ އަނދައިފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ފަހު 1:15 ހާއިރު އެވެ.

އެމްއެންޑިއެފްގެ ސްޕޯކްސްޕާސަން މިއަދު "ސަން" އަށް ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ޒަހަމްވެ ހާނީއްކައެއް ވެފައި ނުވާ ކަމަށެވެ.

ވިލިމާލޭގައި ދުއްވި ވެހިކަލްގައި ރޯވި އަލިފާންގަނޑު ނިވާލާފައި --- ފޮޓޯ: ފޭސްބުކް

ސްޕޯކްސްޕާސަން ވިދާޅުވީ، ރޯވެފައި ވަނީ ވިލިމާލޭގައި ޓެކްސީކުރަން ބޭނުންކުރަމުން އަންނަ ވެހިކަލެއްގައި ކަމަށާއި ރޯވި އިރު އޭގައި ޑްރައިވަރު ފިޔަވައި އިތުރު މީހަކު އިންކަމަށް މައުލޫމާތު ނުލިބޭ ކަމަށެވެ.

އަލިފާން ރޯވުމުގެ ސަބަބުން ވެހިކަލްގެ އެތެރެ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އަލިފާން ރޯވިކަން އެމްއެންޑީއެފަށް ރިޕޯޓް ކުރިތާ ކުޑަ ވަގުތުކޮޅެއްތެރޭ ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވާލައިފަ އެވެ.