27 Jul 2016, 11:13
ބިޔަރު ދަޅުތަކަކާ އެކު 21 އަހަރުގެ ފިރިހެނަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.
އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ، ހުޅުމާލެ ފްލެޓް 94 ކައިރިން ދުވެފައި ގޮސް ފްލެޓަށް ވަތްތަން ފުލުހުންނަށް ފެނުމާ ގުޅިގެން އޭނާ އަށް ތުހުމަތުކޮށް ބެލެމުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރި އިރު އޭނާ ލައިގެން ހުރި ޖިންސްގެ ޖީބުން ބިޔަރު ދަޅެއް ފެނިފައިވާ ކަމަށާއި އޭނާ އެވަގުތު ހުރި ފްލެޓް ކައިރީ ހުރި ފައިވާން ރެކެއްގެ މަތިންނާއި އެ ރެކުގެ ދަށުން ވެސް ބިޔަރު ދަޅެއް ފެނިފައިވާ ކަމަށެވެ.
އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.