25 Aug 2016, 23:55
މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ އާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.
އެ މުބާރާތުގެ ގުރުނެގުން މިއަދު ކުރިއަށްދިޔަ އިރު، ގްރޫޕް ސީގައި ހިމެނުނު ބާސެލޯނާ އަކީ މިހާރުގެ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކާމިޔާބީތަކެއް ހޯދައިދިން ކްލަބެކެވެ.

މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ: އޭނާ ވަނީ، ބާސެލޯނާއާއެކު ވެސް ކާމިޔާބީތަކެއް ހޯދާފައި --- ފޮޓޯ: ގާޑިއަން
ގްރޫޕް ސީގައި ދެން ހިމެނެނީ ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަބާޗް އާއި ސްކޮޓްލެންޑްގެ ޗެމްޕިއަން ސެލްޓިކެވެ. ބާސާ ފިޔަވައި ދެން ގްރޫޕުގައި ހިމެނޭ ތިން ޓީމަކީ ވެސް ޕްލޭއޯފް ކުޅެގެން މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދި ޓީމުތަކެވެ.
އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ކްލަބު ކަމަށްވާ ސްޕެއިންގެ ރެއާލް މެޑްރިޑް ހިމެނެނީ ގްރޫޕް އެފްގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި، ޕޯޗުގަލްގެ ސްޕޯޓިންގް ސީޕީ އަދި ޕޮލެންޑްގެ ލެގިއާ ވާސޯ އެވެ.
އިނގިރޭސި ޗެމްޕިއަން އަދި އަލަށް ޗެމްޕިއަންސް ލީގުން ޖާގަ ހޯދި ލެސްޓާ ސިޓީ ލައްވާލާފައިވަނީ ފަސޭހަ ގްރޫޕެއްގައެވެ. ގްރޫޕް ޖީގައި ލެސްޓާ ސިޓީއާ އެކު ހިމެނެނީ ޕޯޗުގަލްގެ ޕޯޓޯ އާއި، ބެލްޖިއަމްގެ ކްލަބު ބްރޫޖް އަދި ޑެންމާކުގެ ކޯޕަންހޭގަން އެވެ.
ގްރޫޕް އޭ
– ޕެރިސް ސެއިންޓް ޖާމެއިން (ފްރާންސް)، އާސެނަލް (އިންގްލެންޑް)، ބާސެލް (ސްވިޒަލެންޑް)، ލުޑޮގޮރެޓްސް ރަޒްގްރޭޑް (ބަލްގޭރިއާ)- ގްރޫޕް ބީ– ބެންފީކާ (ޕޯޗުގަލް)، ނަޕޯލީ (އިޓަލީ)، ޑައިނަމޯ ކިއެވް (ޔޫކްރޭން)، ބެސިކްޓާސް (ތުރުކީ)
- ގްރޫޕް ސީ– ބާސެލޯނާ (ސްޕެއިން)، މެންޗެސްޓާ ސިޓީ (އިންގްލެންޑް)، ބޮރޫޝިއާ މޮންޗެންގްލަބާޗް (ޖަރުމަން)، ސެލްޓިކް (ސްކޮޓްލެންޑް)
- ގްރޫޕް ޑީ– ބަޔާން މިއުނިކް (ޖަރުމަން)، އެތުލެޓިކޯ މެޑްރިޑް (ސްޕެއިން)، ޕީއެސްވީ އެއިންދޮވެން (ނެދަލެންޑްސް)، ރޮސްޓޯވް (ރަޝިއާ)
- ގްރޫޕް އީ– ސީއެސްކެއޭ މޮސްކޯ (ރަޝިއާ)، ބަޔާން ލެވަކޫސަން (ޖަރުމަން)، ޓޮޓެންހަމް ހޮޓްސްޕާ (އިންގްލެންޑް)، މޮނާކޯ (ފްރާންސް)
- ގްރޫޕް އެފް– ރެއާލް މެޑްރިޑް (ސްޕެއިން)، ބޮރޫޝިއާ ޑޯޓްމަންޑް (ޖަރުމަން)، ސްޕޯޓިން ސީޕީ (ޕޯޗުގަލް)، ލެގިއާ ވާސޯ (ޕޮލެންޑް)
- ގްރޫޕް ޖީ– ލެސްޓާ ސިޓީ (އިންގްލެންޑް)، ޕޯޓޯ (ޕޯޗުގަލް)، ކްލަބު ބްރޫޖް (ބެލްޖިއަމް)، ކޯޕަންހޭގަން (ޑެންމާކް)
- ގްރޫޕް އެޗް– ޔުވެންޓަސް (އިޓަލީ)، ސެވިއްޔާ (ސްޕެއިން)، ލިޔޯން (ފްރާންސް)، ޑައިނަމޯ ޒަގްރެބް (ކްރޮއޭޝިއާ).