ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބު މިއަދު ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން ރާވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އިލްޔާސްގެ ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުލްސައްތާރު ވިދާޅުވީ، އިލްޔާސް ފުލުސް އޮފީހަށް ހާޒިރުކުރީ އޭނާގެ ފޯނު އަތުލުމަށް ކަމަށެވެ.

ނާޒިމް ވިދާޅުވީ، އިލްޔާސްގެ ފޯނު ހިފެހެއްޓި ކޯޓު އަމުރުގައިވާގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ "ގާނޫނީ ގޮތުން ދިވެހިރާއްޖޭގައި އުފެދިފައިވާ ސަރުކާރު ވައްޓާލަން ރާވާ ކަމުގެ" ތުހުމަތު ކަމަށެވެ.

ފުލުސް އޮފީހަށް ހާޒިރުކޮށް، އިލްޔާސްގެ ބަޔާނެއް ވެސް ނުނަގާ ކަމަށާއި، އޭނާގެ ފޯނު އަތުލުމަށްފަހު އޭނާ ދޫކޮށްލީ ކަމަށް ވަކީލު ނާޒިމް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އިލްޔާސް ފުލުސް އޮފީހަށް ހާޒިރުކުރީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ކަމަށެވެ.