އަންހެނުން އަޅާ ހެދުން އަޅައިގެން ހުޅުމާލޭގައި އުޅުނު ދެ ފިރިހެނަކު ފުލުހުން ހިފަހައްޓައިފިއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން" އަށް މިރޭ ވިދާޅުވީ، އަންހެން ހެދުން އަޅައިގެން އުޅުނު ދެ ފިރިހެނަކު މިއަދު އިރުއޮއްސި 18:10 ކަންހާއިރު ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުުހުން ބުނީ އަންހެން ހެދުން އަޅައިގެން ފޮޓޯ ނަގަން އުޅުނު އެ ދެމީހުންނަކީ ވެސް ބިދޭސީ ދެމީހުން ކަމަށެވެ. ނަމަވެސް އެ މީހުންގެ ގައުމެއް އަދި އުމުރެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އިންފޮމޭޝަން އޮފިސަރު ވިދާޅުވީ، އެ ދެމީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ރާއްޖޭގެ ގަވާއިދުތަކާއި އުސޫލުތައް އޮޅުން ފިލުވައިދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.