Last Updated: 9 year 3 month ago

ގަލޮޅު ސަރަހަރާ ކައިރީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.

އަލިފާން ރޯވެފައި، ގ. އެސްބަރި ގޭގަ އެވެ. އެ ގޭގައި ރޯވި އަލިފާންގަނޑު ވަނީ ފެތުރެން ފަށާފަ އެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން ދަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ.
ދުމުގެ އަސަރު ކުރި މީހުން ރެޑް ކްރެސެންޓުގެ އެހީތެރިކަމާއެކު ސިއްހީ ފަރުވާ ވަނީ ދެމުން. ދުމުގެ އަސަރު ކުރި އުމުރުން ދުވަސްވީ މީހަކު ހޮސްޕިޓަލަށް ގެންދިޔަ.
އަލިފާން ރޯވި ގޭގެ ސަރަހައްދުން ކަރަންޓު ވަނީ ކަނޑާލާފައި.
އަލިފާންގަނޑު ކޮންޓްރޯލް ވެއްޖެ

އަލިފާން ރޯވި ގެއަކީ ވަރަށް ދުވަސްވީ ގެއެއް. އެ ގެއަށް ވަދެ އަލިފާން ނިއްވުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އަލިފާން ނިއްވުމުގައި ފުލުހުންނަށް ވަނީ ދައްޗާ ކުރިމަތިވެފައި.

އަލިފާން ރޯވި ގެއަށް އަލިފާން ނިއްވުމަށް އެންމެ ފުރަތަމަ ވަނީ ޒުވާނުންތަކެއް. އެ ޒުވާނުން ވަނީ 8 ގޭސް ފުޅި އެގެއިން ނެރެފައި.

އަލިފާން ރޯވި ގެއަށް އަލިފާން ނިއްވާ ސިފައިންގެ ޓީމަކުން ވަދެ ފެން ޖަހަމުން ދަނީ.
އަލިފާން ރޯވެފައި ވަނީ ދެ ބުރިއަށް ނަގާފައިވާ އެސްބަރިގޭގެއި. އެ ގޭގެ ބޮޑު ބައެއްގައި ވަނީ އަލިފާން ރޯވެފައި. އެ ގެއާ އިންވެގެން ހުރި 10 ބުރީގެ އިމާރާތަކަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައި.
އަލިފާންގަނޑު އަދިވެސް ކޮންޓްރޯލެއް ނުވޭ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ނުލިބޭ

އަލިފާން ރޯވި ގެއަކީ ބިދޭސީންނާއި ދިވެހިންނާއެކު 35 މީހަކު ދިރިއުޅޭ ގެއެއް. އަލިފާން ރޯވުމާއެކު އެގޭގައި ހުރި އަލިފާން ރޯވާ ޒާތުގެ ތަކެތި ވަނީ އެ ގެއިން ނެރެފައި.
އަދިވެސް އަލިފާން ކޮންޓްރޯލެއް ނުވޭ.
އެސްބަރި ގެއާ އިންވެގެން ހުރި އިމާރާތެއްގެ ދެ ފުލޯއެއްގައި މިހާރު ވަނީ އަލިފާންގަނޑު ރޯވެފައި
އަލިފާން ރޯވި އިމާރާތުން މީހުން ވަނީ ހުރަސްކޮށްފައި. އަލިފާން ރޯވާން ދިމާވި ސަބަބެއް ނޭނގޭ ކަމަށް އެ ގޭގައި އުޅޭ މީހުން ބުނޭ. އަލިފާންގަނޑު ކޮންޓްރޯލެއް ނުކުރެވޭ

