Last Updated: 9 year 2 month ago

Last Updated:
9 year 2 month ago
އީދު ކަވަރޭޖު ވަގުތުން: ރާއްޖޭގެ އެކި ކަންކޮޅުތަކުން
އަޟްހާ އީދު އުފުލަގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ތަފާތު އެކިއެކި ކުޅިވަރުގެ ހަރަކާތްތައް މި ކަވަރޭޖުގައި ވަގުތުން ގެނެސްދޭނަން.
ރަށްރަށުގައި ކުރިއަށް ގެންދާ އީދު ކުޅިވަރުގެ ހަރަކާތްތަކުގެ ފޮޓޯ އާއި މައުމޫމާތު އަޅުގަނޑުމެންނާ ހިއްސާ ކުރައްވާ.
ވައިބާ މެދުވެރިކޮށް ފޮޓޯ ފޮނުވާނީ: 9992747، 9982747 އަށް. ފޮޓޯއާއެކު ތަފްސީލު ހިމެނައި ދިނުމަށް އެދެން.
ސަން އޮންލައިންގެ ފޭސްބުކް ޕޭޖަށް މެސެޖެއްގެ ގޮތުގައި ފޮޓޯ އާއި ވީޑިއޯ ފޮނުއްވުން އެދެން.
20:54
ބ. ދަރަވަންދޫގައި މިފަހަރުގެ އީދު ފާގަކުރުމަށް، ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު، އެންމެ ފާހަގަކޮށްލެވެނީ، އެރަށުގައި ބޭއްވި ސްޓޭޖް ޝޯ. މިފަހަރުގެ ޝޯގައި ސްރީ ލަންކާގެ އައިޖޭ ޑާންސް ގްރޫޕްގެ ފަރި ހަރަކާތްތައް ހުށަހަޅާފައިވޭ.




ބޮޑުއީދު ފާހަގަކުރުމަށް އދ. މަހިބަދޫގައިވެސް ތަފާތު ކުޅިވަރުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި.






މިފަހަރުގެ ބޮޑު އީދު ފާހަގަކުރާން ކޮޅުމަޑުލު ދިޔަމިގިލީގައި ކުރިއަށް ގެންދާ ހާއްސަ ފުޓްބޯޅަ މުބާރާތުގެ ތެރޭން.





ބޮޑު އީދު ފާހަގަކުރަން ގދ. ވާދޫގައި ކުރިއަށް ގެންދިޔަ ދަފި ނެގުމުގެ ހަރަކާތްތަކުގެ ތެރޭން.





ނ. މިލަދޫގައިވެސް މިފަހަރުގެ ބޮޑު އީދާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް އެބަދޭ.




ބ. ހިތާދޫގައި އީދުގެ އުފާ ފާހަގަކުރުމަށް ބޭއްވި ކުޑަކުދީންގެ ހަވީރު. ހިތާދޫގައި މިފަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް އެބަ ގެންދޭ.














އަޟުހާ އީދު ފާހަގަކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި މިއަދު ހަވީރު ވަނީ ފޯރިގަދަ ކުޅިވަރުތަކެއް ކުރިއަށް ގެންގޮސްފައި







ގދ. ވާދޫގައި މިއަދުވެސް ބޮޑު އީދު ފޯރި ވަނީ ވަރަށް ގަދަވެފައި.






ބ. ހިތާދޫ ޔޫ ފޭސްގެ ފަރާތުން އެރަށުގައި ކުރިއަށް ގެންދާ އީދު ކުޅިވަރުތަކުގެ ތެރޭން.





ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އއ. ތޮއްޑޫ ސޯސަން ކްލަބްގެ ފަރާތުން ބާއްވާ މެންދުރުގެ ހާއްސަ ކެއުމަކަށް އެރަށު ސްކޫލް ހޯލް ތައްޔާރުކޮށްފައި.




ފ. ނިލަންދޫގައި ވަނީ އީދު ފާހަގަކުރުމުގެ ގޮތުންމަންޑިކުޅުމުގެ މުބާރާތެއް ކުރިއަށް ގެންގޮސްފައި.



ބޮޑު އީދު ހަރަކާތްތަކުގެ ތެރޭން ގދ. ވާދޫގައި ވަނީ، ރޭ ބޮޑު މަސްނެރުމާއި ލަނގިރިޖެހުން ކުރިއަށް ގެންގޮސްފައި.





އއ. މަތިވެރީގައި ކުރިއަށްދާ އީދު ކުޅިވަރުތަކުގެ ތެރޭން.











ލ.ގަމުގައި މިއަދުވެސް ވަނީ އީދު ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި.



ގދ. ވާދޫގައިވެސް ދަނީ އީދު ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވަމުން. އެގޮތުން މިއަދު ވަނީ އެރަށުގައި ކޯޑިކުޅުން ކުރިއަށް ގެންގޮސްފައި.






ކުޅުދުއްފުށީގައި ކުރިއަށްދާ އީދު ކުޅިވަރުގެ ހަރާކާތްތަކުގެ ތެރެއިން. އެ ރަށުގެ ބޮޑެތި މަގުތަކަކަށް މިއަދު ހަވީރު ވަނީ މާލި ނެރެފައި.




އއ. ތޮއްޑޫގައި ކުރިއަށްދާ އީދު ކުޅިވަރުގެ ހަރަކާތްތައް. އެ ރަށުގެ ކުދި ބޮޑު ގިނަ ބަޔަކު އީދު ކުޅިވަރުގައި ދަނީ ބައިވެރިވަމުން. އީދު ޗުއްޓީގައި ރަށުން ބޭރުން އެ ރަށުގެ އީދު ކުޅިވަރުތައް ބަލާލުމަށް މީހުން ދަނީ އެ ރަށަށް އަންނަނަމުން. ޒަމާނުއްސުރެ ތޮއްޑޫއަކީ އީދު ފޯރި ވަރުގަދަ ރަށެއް.










ނ. މިލަދޫގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ މާލި ނެށުމުގެ ތެރެއިން



މަރޮށީގައި އީދާ ދިމާކޮށް ބޭއްވި މަސްރޭހުގެ ތެރެއިން



ރ. މަޑުއްވަރީގައި ކުރިއަށްދާ ވެދުމާ ދެމުމުގެ ތެރެއިން



ށ. ކަނޑިތީމުގައި އީދު ފާހަގަ ކުރުމުގެ ގޮތުން ވާދެމުމާއި ބައިބަލާ ކުޅުން ވަނީ ކުރިއަށްގެންގޮސްފަ




ށ. ފުނަދޫ ގައި އަންހެނުންގެ ކޯޑި ތައްޔާރުކުރަނީ







ގދ. ފަރެސްމާތޮޑާގެ ރައްޔިތުން ގުޅިގެން އީދު ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް އެބަގެންދޭ




ރ. މަޑުއްވަރީގައި ކޯޑިކެނޑުމުގެ ތައްޔާރީތައް ދަނީ ވަމުން،




ގއ. ގެމަނަފުށީގައި އީދު ފާހަގަ ކުރުމަށް ކުރިއަށްގެންދާ ކޯޑި ކެނޑުމުގެ ހަރަކާތްތައް ކުރިއަށް އެބަދޭ، އެރަށުގައި އީދު ފާހަގަކުރަން ތަފާތު ކުޅިވަރުތައް ދަނީ ކުޅެމުން، އެކަންކަން އިންތިޒާމް ކުރަނީ ޒުވާނުންނާއި ކައުންސިލް ގުޅިގެން






ލ. ގަމުގައި ވެސް ދަނީ އީދު ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވަމުން. އެގޮތުން މިއަދު އެ ރަށުގައި އެންމެ ފުރަތަމަ އީދު ކުޅިވަރެއްގެ ގޮތުގައި ވަނީ އީދު ގަސް ރޯކޮށްފައި. އެއީ އީދު ނަމާދަށް ދިއުމުގެ ކުރިން އެރަށުގައި ކުރިއަށް ގެންދާ ހަރަކާތެއް. މީގެއިތުރުން ގަމުގައި މިއަދު ވަނީ އީދު ފާހަގަކުރުމުގެ ގޮތުން ބިލެތްދަފި ނެގުމާއި މާލި ޕެރޭޑެއް ވެސް ބާއްވާފައި. އަދި މިރޭ އެރަށުގައި ވަނީ ރާއްޖޭގެ ބައެއް މަޝްހޫރު ފަންނާނުންނާއި އެކު ސްޓޭޖު ޝޯއެއް ވެސް ބާއްވާފައި.



ރ. ވާދޫގައި މިރޭ ކުރިއަށް ދިޔަ އީދު ކުޅިވަރުގެ ތެރެއިން "ޖަންގަލް ޕެރޭޑް"



އީދު ފާހަގަކުރުމުގެ ގޮތުން ދ.ކުޑަހުވަދޫގައި މިރޭ ވަނީ ބޮޑުމަސް ބޭނުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި.




ށ. ފުނަދޫގައި އީދު ކުޅިވަރުތައް ކުރިއަށް.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފޯރި ވަރުގަދަކޮށްފައިވާއިރު، ރާއްޖޭގެ މީޑިއާތަކުން ދަނީ އެކި ރަށްރަށުގެ ކުރިއަށްދާ ހަރަކާތްތައް ވަގުތުން ގެނެސްދެމުން. އެގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)މުން ދަނީ ތިން ސަރަހައްދަކުން ވަގުތުން ލައިވް ކަވަރޭޖު ގެނެސް ދެމުން.
އެގޮތުން ލ. ފުނަދޫ އާއި ހުޅުމާލެ އާއި މާލޭގައި ކުރިއަށްދާ ދިރާގު އީދު ޝޯގެ ހަރަކާތްތައް ދަނީ ޓީވީއެމުން ދަނީ ވަގުތުން ގެނެސްދެމުން.
ވީޓީވީން ދަނީ ރ. މީދޫގައި ކުރިއަށްދާ އީދު ހަރަކާތްތައް ވަގުތުން ގެނެސްދެމުން.
ރާއްޖެޓީވީން ދަނީ ލ. ގަމުގައި ފަންނާނުންނާއެކު ކުރިއަށްދާ އީދު ފޯރި ގެނެސްދެމުން.
ސަންޓީވީން ދަނީ އއ. ތޮއްޑޫގައި ކުރިއަށްދާ އީދު ހަރަކާތްތައް ގެނެސްދެމުން.

އއ. އުކުޅަހުގައި އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ކުރިއަށްދިޔަ ދެލި މާލި ހަރަކާތުގެ ތެރެއިން.



ހދ. ކުޅުދުއްފުށީގައި އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ހަރަކާތްތަކުގެ ތެރެއިން ހިއްޗަށް ވަޑައިގަތުން.



މ. ކޮޅުފުށީގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ބިލެތްދަފި ނެގުމުގެ ހަރަކާތުގެ ތެރެއިން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ކުލަގަދަކޮށް އީދު ފާހަގަކުރަމުން.




ލަންކާގައި ދިރިއުޅޭ ދިވެހިން ވެސް އަންނަނީ ކުލަގަދަކޮށް އީދު ފާހަގަކުރަމުން. އެގޮތުން މިއަދު ހަވީރު "އީދު އުފާ ކޮޅުނބު" ނަމުގައި ވަނީ ކުޑަކުދިންގެ ހަވީރެއް ބާއްވާފައި.



އއ. ތޮއްޑޫގައި މިއަދު ހަވީރު މާލި ނެރުމުގެ ތެރެއިން. ސަން މީޑިއާގެ ސަން ޓީވީއިން ތޮއްޑޫގެ އީދު ކުޅިވަރުތައް ވަގުތުން ގެނެސްދޭނެ.



ށ. ފުނަދޫގައި މިއަދު ހަވީރު ކުރިއަށްދާ ފިރިހެނުންގެ ކޯޑި ކުޅުމުގެ ތެރެއިން



ހއ. ތަކަންދޫ ރައްޔިތުންނަށް މިރޭ ބާއްވާ އީދު ޖާފަތައް ކުކުޅު ކޮށުމުގެ ކަންކަން ކުރިއަށް ދަނީ



ހއ. ހޯރަފުށީގައި އީދު ނަމާދަށްފަހު ވަނީ އަވެލި ކެއުން ކުރިއަށްގެންގޮސްފަ









ހދ. މަކުނުދޫގައި އީދު ފާހަގަކުރުމަށް މ. މުލަކު ލަނގިރި ގުރޫޕެއް އައުން


އއ. ތޮއްޑޫގައި ފޯރިއާއެކު އީދު ކުޅިވަރުތައް ކުރިއަށް އެބަދޭ




ށ. ފުނަދޫގައި އީދު ފާހަގަ ކުރުމަށް ވަރަށް ގިނަ ކުޅިވަރުތައް ވަނީ ބޭއްވުމަށް ނިންމާފަ، އެންމެ ހާއްސަ އެއް ކަމަކީ ކޯޑިކެނޑުން



ށ. ކަނޑިތީމުގައި ބޮޑު ޖަމާއަތެއްގައި އީދު ނަމާދު ކުރުމަށްފަހު ރަށު ރައްޔިތުން އެކުގައި ވަނީ ސައިބޮއެފައި





އީދު ފާހަގަ ކުރުމަށް ދ. ކުޑަހުވަދޫގައި ވަނީ 26 ބަކަރި ކަތިލާފައި، އީދުގެ ފޯރި އެރަށުގައި ވަރަށް ގަދަ





އއ. ތޮއްޑޫގައިވެސް ދަނީ ފޯރިއާއެކު އީދު ފާހަގަ ކުރަމުން. ސަން މީޑިއާގެ ސަން ޓީވީއިން ތޮއްޑޫގެ އީދު ކުޅިވަރުތައް ވަގުތުން ގެނެސްދޭނެ



ށ. ފީވަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ.

އީދު ނަމާދަށް ފަހު ރަށު ރައްޔިތުން އެއްތަނަކަށް އެއްވެ އެކުގައި އީދު ސައިބުއިމަކީ ކުރިން ސުރެ އޮންނަ އާދައެއް، މިއަހަރުވެސް ގިނަ ރަށްރަށުގައި އީދު ސައިގެ ކަންކަން ކުރިއަށްދޭ



އަތޮޅުތެރޭގައި ވެސް އަދި މާލޭގައި ގިނަ ބަޔަކު އީދު ނަމާދުކޮށްފައިވަނީ ބޮޑު ޖަމާއަތެއްގައި ހުސްބިމެއްގައި


