16 Sep 2016, 19:15
އެކްޓަރު، ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ރަންދީރު ކަޕޫރު ނޫސްވެރިއެއްގެ މޫނުމަތީގައި ޖެހި މައްސަލަ ހޫނުވެއްޖެއެވެ.
ބޮލީވުޑުގެ ހުނަރުވެރި އެކްޓްރެސް ކަރީނާ ކަޕޫރުގެ ބައްޕަ، ރަންދީރު ނޫސްވެރިއެއްގެ މޫނުމަތީގައި ޖަހާފައި ވަނީ ކަޕޫރު އާއިލާއިން އިއްޔެ ކުރިއަށް ގެންދިޔަ ދީނީ އަޅުކަމަކަށް ފަހު ނޫސްވެރިޔަކު ރަންދީރާ ސުވާލު ކުރުމަށް ގާތްވުމުންނެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ ތަކުން، ރަންދީރުގެ އިތުރުން އެކްޓަރު ރިޝީ ކަޕޫރު ވެސް ނޫސްވެރިއެއްގެ ގައިގައި ޖަހާ މަންޒަރާއި ނޫސްވެރިޔަކު ކޮއްޕާލާ މަންޒަރު ފެނެއެވެ.
އޭގެ އިތުރުން ރަންބީރު ކަޕޫރު ވެސް، ނޫސްވެރިޔަކު ކޮށްޕާލާފައި ވާކަމަށް ޚަބަރުތައް ބުނެއެވެ.
ކަޕޫރު އާއިލާއިން އެމީހުންގެ ދީނީ އަޅުކަން ކުރާ މަންޒަރު ބެލުމަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި މީޑިއާތައް ޖަމާވިއެވެ.