18 Sep 2016, 13:57
ކުޑަކުއްޖަކަށް ޖިންސީ ހާނީއްކަ ކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ހާނީއްކަ ކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން ދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޖަހެދުލް އިސްލާމް ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން ހޯދަމުންދާ ޖަހެދުލް އިސްލާމްއާ ބެހޭ މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163، ނުވަތަ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.