19 Sep 2016, 11:28
އދ ގެ 71 ވަނަ ޖެނެރަލް އެސެމްބްލީގައި ރާއްޖެ ތަމްސީލު ކުރައްވައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރެއްވުމަށް ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް ނިއުޔޯކަށް ފުރާ ވަޑައިގެންފި އެވެ.
އދ ގެ ޖެނެރަލް އެސެމްބްލީގައި ޑރ އާސިމް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު ވާހަކަފުޅު ދެއްކުމަށް ހަމަޖެހިފައިވާ މައުޟޫތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި، ކާރިސާތަކުން ކުރިމަތިވާ ކަންކަމަށް އަރައިގަތުމަށް ކުރެވޭ މަަސައްކަތްތަކާއި ޖިންސީ ހަމަ ހަމަ ކަމާއި ގުޅުން ހުރި މައްސަލަތައް ވެސް ހިމެނެ އެވެ. އޭގެ އިތުރުން އަންހެނުންނަށް ކުރާ އަނިޔާއާ ބެހޭގޮތުން ވެސް ޖެނެރަލަ އެސެމްބްލީގައި ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ ފަރާތުން އދ. ގެ ޖެނެރަލް އެސެމްބްލީއަަށް ވަޑައިގަންނަވާ ވަފުދުގައި ފޮރިން ސެކެޓަރީ ޑރ. އަލީ ނަސީރާއި އދ. ގައި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަހުމަދު ސަރީރު އަދި އެހެނިހެން އިސް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
ވޭތުވެދިޔަ އަހަރު ރާއްޖޭގެ ފަރާތުން ޔޫއެން ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރެއްވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ.