ކުޑަކުއްޖަަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ބަލަމުންދާ މައްސަލައެއްގެ ސ. ފޭދޫ، ރެޑްރޯސް އާމިނަތު ނުސްރަތު (25އ) ހޯދުމަށް އިއުލާނުކޮށްފި އެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އާމިނތު ނުސްރަތު ހޯދަމުންދާ ކަމަށެވެ.

ވީމާ އާމިނަތު ނުސްރަތުއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9790163 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.