ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ނ. މިލަދޫއިން މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރީ އެ އަންހެން ކުއްޖާގެ ދޮން ބައްޕަ އެވެ. 14 އަހަރުގެ އެ އަންހެން ކުއްޖާއަށް ދޮން ބައްޕަ ޖިންސީ ގޯނާކުރާތާ ތިން އަހަރުވަރު ވެފައިވާ ކަމަށްވެސް ސަން އަށް ވަނީ އެނގިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ، އަށާރަ އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިލަދޫއިން 31 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ އޭނާގެ ބަންދަށް 8 ދުވަސް ވެލިދޫ މެޖިސްޓްރޭޓު ކޯޓުން ޖަހާފައިވާ ކަމަށެވެ.