އިންޑިއާގެ އެއާފޯހުގެ ފައިޓަރު ޖެޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، އެ ޖެޓު އެމަޖެންސީގައި ކަޝްމީރަށް ޖައްސައިފި އެވެ.

އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓުގެ ވެރިކަން ކުރާ ސްރީނަގަރު އެއާޕޯޓަށް ފްލައިޓު ޖެއްސީ، އެއަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން ފްލައިޓުގެ ޕައިލަޓަށް އެނގުމުންނެވެ.

ސްރީނަގަރުގައި ޖެއްސި އިރު ފްލައިޓު ކޮންޓްރޯލު ނުކުރެވުމުގެ ސަބަބުން ފްލައިޓު ރަންވޭ ފަސްދީފައި 200 މީޓަރަށް ގޮސްފައި ވެ އެވެ. ސްރީނަގަރު އެއާޕޯޓުން ބުނާ ގޮތުން، އެކަމުގެ ސަބަބުން ފްލައިޓުގެ ފުރޮޅުތައް ވެސް ވަނީ ހަލާކު ވެފަ އެވެ.

ނަމަވެސް މި ހާދިސަގައި ޖެޓުގައި އިން ޕައިލެޓަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެ އެވެ.

އިންޑިއާގެ އެއާފޯސްގައި ބޭނުންކުރާ އެ ފައިޓަރުޖެޓު ސްރީނަގަރު އެއާޕޯޓަށް އެމަޖެންސީގައި ޖެއްސުމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލި އެވެ.