22 Sep 2016, 20:26
އައިފޯން 7 އަދި އައިފޯން 7 ޕްލަސް، އުރީދޫއިން ރާއްޖޭގައި ވިއްކަން ފެށިތާ ހައެއްކަ ގަޑިއިރު ތެރޭ ހުރިހާ ފޯނެއް ވިކި ހުސްވެއްޖެއެވެ.
އުރީދޫން ވަނީ، މިއަދު ހެނދުނު 10 ޖެހުމާއެކު އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުން އައިފޯނު ވިއްކަން ފަށާފައެވެ. ފިހާރަ ހުޅުވުމުގެ ކުރިން އެތަނުގެ ކުރިމަތީގައި ވަނީ ދިގު ކިޔުއެއް ހަދާފައެވެ.
އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު ސަން އަށް ވިދާޅުވީ، މިއަދު 4:30 ވިއިރު މާލޭ ފިހާރައާއި އައްޑޫ ސިޓީއަށް ފޮނުވި ހުރިހާ ފޯނެއް ވިކި ހުސްވެފައިވާ ކަމަށެވެ.
ފޯން ވިއްކި އަދަދު ހާމަނުކުރި ނަމަވެސް ނޫރާ ވިދާޅުވީ، މިފަހަރު ގިނަ އަދަދެއްގެ ފޯނު ވިއްކި ކަމަށެވެ.
ފުލް ޕޭމަންޓް ޕްލޭންގެ ދަށުން ފޯނު ގަންނަ ފަރާތްތަކަށް، އުރީދޫގެ ކޮންމެ ނަންބަރަކަށް ވެސް ހިލޭ ގުޅޭ ގޮތަށް 1200 ފްރީ މިނިޓްސް، އާއި 12ޖީބީ ޑާޓާ އާއެކު ތިރީގައިވާ އަގުތަކުގައި ފޯނު ގަންނަން ލިބޭނެއެވެ.
އައިފޯން-7 32ޖީބީ - 13,899 ރުފިޔާ
- އައިފޯން-7 128ޖީބީ - 15,899 ރުފިޔާ
- އައިފޯން-7 256ޖީބީ - 17,899 ރުފިޔާ
- އައިފޯން-7 ޕްލަސް 32ޖީބީ - 16,399 ރުފިޔާ
- އައިފޯން-7 ޕްލަސް 128ޖީބީ - 18,399 ރުފިޔާ
- އައިފޯން-7 ޕްލަސް 256ޖީބީ - 20,499 ރުފިޔާ
އީޒީ އިންސްޓޯލްމަންޓް ކޮންޓްރެކްޓް ޕޭމަންޓް ޕްލޭންގެ ދަށުން ފޯނު ގަންނަ ފަރާތްތަކަށް، އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދައްކާގޮތަށް ދަށްވެގެން މަހަކު 899 ރުފިޔާއިން ފެށިގެން، ފޯނަށް ފައިސާ ދެއްކެން ހުންނައިރު، އަހަރު ދުވަހަށް 36ޖީބީ ޑާޓާ އާއެކު ތިރީގައިވާ އަގުތަކުގައި ފޯނު ގަންނަން ލިބޭނެއެވެ.
އައިފޯން-7 32ޖީބީ - 899 ރުފިޔާ
- އައިފޯން-7 128ޖީބީ - 1,099 ރުފިޔާ
- އައިފޯން-7 256ޖީބީ - 1,249 ރުފިޔާ
- އައިފޯން-7 ޕްލަސް 32ޖީބީ - 1,099 ރުފިޔާ
- އައިފޯން-7 ޕްލަސް 128ޖީބީ - 1,299 ރުފިޔާ
- އައިފޯން-7 ޕްލަސް 256ޖީބީ - 1,449 ރުފިޔާ
ފަހުގެ އައިފޯންގައި މުޅިން އައު އެޑްވާންސްޑް ކެމެރާ ސިސްޓަމެއްގެ އިތުރުން، މިހާތަނަށް އައިފޯންއެއްގައި އެކުލަވާލެވިފައިވާ އެންމެ ބާރުގަދަ ބެޓަރީ ހިމެނެއެވެ. އައިފޯން 7 އަދި އައިފޯން 7 ޕްލަސް ވެސް ފަރުމާކޮށްފައިވަނީ ފެނާއި ހިރަފުހުން ގެއްލުމެއް ނުލިބޭގޮތަށެވެ.
އުރީދޫއަކީ އައިފޯން 7 އަދި 7 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗު ކުރި ފުރަތަމަ ފަރާތެވެ.
އުރީދޫގެ އިތުރުން ދިރާގާއި އެހެން ފިހާރަތަކުންވެސް އެފޯން ވިއްކުމަށް ނިންމާފައިވާއިރު އޭގެ ޕްރީ އޯޑާނަގާވަނީ ނިމިފައެވެ.