ކަރެކްޝަނަލް ސާވިސެސްގެ ބެލެމުގެ ދަށުގައި ތިބި 14 މީހަކު މި އަހަރުގެ ސެކަންޑްރީ ސްކޫލް ސެޓިފިކެޓް (އެސްއެސްސީ) އިމްތިހާނުގައި ބައިވެރިވެއްޖެ އެވެ.

އެސާވިސް އިން ހޮނިހިރު ދުވަހު ބުނި ގޮތުގައި ގައިދީން އިމްތިހާނުގައި ބައިވެރިވީ ގައިދީންނަށް ކިޔަވައިދީ އެމީހުންނަކީ މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ފަހި ކޮށްދީފައިވާ ފުރުސަތުތަކުގެ ދަށުންނެވެ. މިދިޔަ އަހަރު ވެސް 16 ގައިދީއަކު އެސްއެސްސީ އިމްތިހާނުގައި ބައިވެރިވި އެވެ.

ގައިދީންނަށް ޚާއްސަކޮށްގެން ކަރެކްޝަނަލް ސާވިސްގެ މަރުކަޒުތަކުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޮ ޤްރުއާން އެންޑް ސުންނަތް ގުޅިގެން މިހާރު ވެސް އެކިކަހަލަ ކޯސްތައް ކުރިއަށް ގެންދެ އެވެ. އެގޮތުން ޤްރުއާން ކްލާސްތަކާއި ދީނީ ޢިލްމުގެ ކޯސްތައް ވެސް ޖަލުތަކުގައި ތިބި ގައިދީންނަށް ހިންގަމުން ގެންދެ އެވެ.