މުމްބާއި: ބޮލީވުޑްގައި މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ ކާމިޔާބު އެކްޓަރު އޯމް ޕޫރީ، އިންޑިއާ ސިފައިންގެ އަގު ވެއްޓޭ ގޮތަށް ޓީވީގައި ވާހަކަ ދައްކާފައިވާ ކަމަށް ބުނެ އޭނާ އާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އިއްޔެ ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ އަމިއްލަ ޖަމިއްޔާއެއްގެ ފަރާތުން ކަމަށް ޚަބަރުތައް ބުނެ އެވެ.

މައްސަލަ ހުށަހެޅި ފަރާތުން ބުނެފައި ވަނީ އޯމް ޕޫރީ އިންޑިއާ ސިފައިންގެ އަގު ވައްޓާލާފައި ވަނީ އިންޑިއާގައި މަސައްކަތް ކުރާ ފަންނާނުން އިންޑިއާ އިން ބޭރުކޮށް، އެމީހުން ލައްވައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ އިންޑިއަން މޯޝަން ޕިކްޗާރސް ޕްރޮޑިއުސަރސް އެސޯސިއޭޝަނުން ނިންމި ނިންމުމާ ގުޅިގެން ކުރިއަށް ގެންދިޔަ ބަހުސްގެ ތެރެއިންނެވެ.

އެގޮތުން އެ ބަހުސްގައި "އަސްކަރިއްޔާ އާއި ގުޅިގެން ހަތިޔާރު ހިފައިގެން މަސައްކަތް ކުރަން އިންޑިއާ ސިފައިން ގާތު ބުނީ ކާކުތޯ" އޯމް ޕޫރީ ސުވާލު ކޮށްފައިވާ ކަމަށާއި، އެއީ ސިފައިންގެ އަގު ވައްޓާލައި މަލާމާތް ކުރުން ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި އިތުރު ފިޔަވަޅެއް އެޅޭނީ މައްސަލަ ބަލައި ނިމުމަށް ފަހުގައި ކަމަށެވެ.