ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ދެކޮޅަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއިި އެމްއެމްއޭ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި އިއްޔެ ކުރިއަށްދިޔަ ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގަތީ މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ. އެމްއެމްއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ގަވަނަރ ޑރ.އަޒީމާ އާދަމެވެ.

މި ބައްދަލުވުމުގައި، ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި ދެކޮޅަށް ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ ކަންތައްތައް މަޝްވަރާކޮށްފައިވާއިރު، މަނީ ލޯންޑްރިންގ އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ފަދަ ކަންކަން ދެނެގަނެ އެކަންކަން ހުއްޓުވުމާއި ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމާއި ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

ގަވަރުނަރު އާޒިމާއާއި މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން މި ބައްދަލުވުމުގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.