06 Oct 2016, 11:15
މ. އަތޮޅަށް އެތެރެކުރަން އުޅުނު މަނާ ބޭސްތަކަކާއި މަސްތުވާތަކެތި ހޯދައިފިއެވެ.
ފުލުހުން ބުނި ގޮތުގައި އެތަކެތި ހޯދާފައިވަނީ މާލެއިން ފުރައިގެން މ. އަތޮޅަށް ދަތުރުކުރާ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މ. ދިއްގަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނީ، އެ ބޯޓު ދިއްގަރު ބަނދަރަށް ވަނުމާއެކު ކޯޓު އަމުރެއްގެ ދަށުން ބޯޓު ބަލައި ފާސްކޮށް ބެލިބެލިމުމުގައި މަސްތުވާތަކެތި ފެނިފައިވަނީ ބޯޓު ތެރެއިން ފެނުނު ޔޯގަޓް ކޭހެއްގެ ތެރެއިން ކަމަށެވެ. އަދި އެ ކޭސް ބަލައިފާސްކުރި އިރު ޔޯގަޓް 4 ތައްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 50 ސެލޯފިންކޮޅާއި މަނާ ބޭހުގެ 200 ގުޅައާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.