އަންނަ މަހު އިންޑިއާގެ ނިއުދިއްލީގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއިން ބައިވެރިވެއްޖެއެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ސްޕޮންސާޝިޕް އެގްރިމެންޓުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީއެވެ.

ދެހާސް ސާދަވަނަ އަހަރާއި 2015 ވަނަ އަހަރު ވެސް މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ބާއްވާފައިވާ އިރު، އެ ދެ ފަހަރުވެސް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ އެ ފޯރަމްތަކުގައި ބައިވެރިވެފައެވެ.

އެންމެ ފުރަތަމަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް އޮތީ 2014 ވަނަ އަހަރު، ސިންގަޕޫރުގެ މެރީނާ ބޭ ސޭންސްގައެވެ. މިދިޔަ އަހަރުގެ ފޯރަމް ޗައިނާގެ ބެއިޖިންގްގައި ބޭއްވި އިރު، މި އަހަަރުގެ ފޯރަމް އޮންނާނީ ނޮވެމްބަރު 21 އަދި 22 ވަނަ ދުވަހު، އިންޑިއާގެ ނިއުދިއްލީގެ ތާޖް ޕެލަސް ހޮޓެލްގައެވެ.