16 Oct 2016, 12:52
އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ހުރި ސައިކަލެއްގައި ރޯކޮށްލައިފި އެވެ. ރޯކޮށްލާފައި ވަނީ ޕީސީއެކްސް ސައިކަލެއްގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭ ދަންވަރު 2:30 ހާއިރު، ހިތަދޫ ގެއެއްގެ ތެރޭގައި ހުރި ސައިކަލެއްގައި ރޯކޮށްލާފައިވާ ކަމަށް ހިތަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަލިފާން ރޯވުމުގެ ސަބަބުން ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.
ސައިކަލު ރޯވިގޭގެ މީހުންނާ ހަވާލާދީ އައްޑޫ އޮންލައިނުން ބުނީ، އެ ގޭގެ މީހުންނަށް ސައިކަލުގައި ރޯވިކަން އެނގުނީ ވެސް، އެ ގޭގައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައި އަލިފާން ރޯވެގެން ކަރަންޓު ކެނޑުމުން ކަމަށެވެ.
އެކަމުގެ ސަބަބުން އެއްވެސް މީހަކަށް ހާނިކައެއް ވެފައެއް ނުވެއެވެ.