17 Oct 2016, 11:43
އިންޑިއާގެ މުދާ އުފުލާ ބޯޓެއް ޅ. ކުރެއްދޫ ރިސޯޓު ކައިރިން ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެ ބޯޓު ފަރަށް އެރި އިރު ބޯޓުގައި އިންޑިއާގެ ހަތް ފަޅުވެރިން ތިބި ކަމަށާއި، އެ ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
އެމްއެންޑިއެފުން ބުނީ އެ ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7 ޖަހާކަށް ހާއިރު ކަމަށާއި، އެމްއެންޑީއެފް ނޮދަން އޭރިއާގައި ޤާއިމުކުރެވިފައިވާ ކޯސްޓްގާޑުގެ ސިފައިން މިހާރު އެ ސަރަހައްދަށްގޮސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ބޯޓު ފަރަށް އަރާފައިވަނީ އިންޑިއާއިން މުދާ ބަރުކޮށްގެން ކުޅުދުއްފުށީ ބަނދަރުގައި މަޑުކޮށް، އެ ބަނދަރަށް މުދާ ބޭލުމަށްފަހު މާލެ އަށް ދަތުރުކުރަނިކޮށެވެ.