ވެލާނާގެ ކައިރީގައި ހަދަމުންދިޔަ އިމާރާތަކުން އިއްޔެ ވެއްޓުނު ބިދޭސީ މީހާގެ ހާލު އަދިވެސް ސީރިއަސްކަމަށް އޭޑީކޭ ހޮސްޕިޓަލްއިން ބުނިއެވެ.

އިއްޔެ ހިނގި އެހާދިސާގައި 29 އަހަރު ބަނގުލަދޭސް މީހާ ވެއްޓުނީ ހަދަމުންދިޔަ އިމާރާތުގެ އަށްވަނަ ފަންގިފިލާއިން ތިން ވަނަ ފަންގި ފިލާއަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ސަން އަށް ވިދާޅުވީ އެބިދޭސީ މީހާއަށް އެހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލެއް އޭނާ ހާމާއެއް ނުކުރިއެވެ.