މެޗުގެ އިތުރު ވަގުތުކޮޅުގައި މުހައްމަދު ސެޑިކް ކާމިޔާބުކޮށްދިން ގޯލުން 3-2ގެ ނަތީޖާ އަކުން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ޕްރެޒިޑެންޓް ކަޕް ފައިނަލްގެ ފުރަތަމަ ޖާގަ ކްލަބް އީގަލްސް އިން ހޯދައިފި އެވެ.

މެޗު ފެށިގެން ޔުވީއިން ރަނގަޅަށް ކުޅުނުއިރު 20 ވަނަ މިނެޓްގައި އަލީ ހައިޝަމް ވަނީ އެޓީމަށް ލީޑް ނަގައިދީފަ އެވެ. ނަމަވެސް އީގަލްސްއިން އިން ވަނީ އޭގެ ހަތް މިނެޓް ފަހުން ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އެ ގޯލް އީގަލަސްއަށް ކާމިޔާބް ކޮށްދިނީ ރިސްޓޭއެވެ.

އެ ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފައެވެ. އީގަލްސްއަށް އެގޯލު ކާމިޔާބުކޮށްދިނީ ސެޑިކްއެވެ.

އީގަލްސްއިން ލީޑު ނަގާފައިވަނިކޮށް ޔޫވީއަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 57 ވަނަ މިނެޓްގައި ހުސެން ސިމާޒް (ކޮކީ)އެވެ. އެ ނަތީޖާގައި އޮވެ މެޗުގެ ފުރިހަމަ ވަގުތުހަމަވެ އިތުރު ވަގުތުގެ ދެހާފްގެ ކުޅުމަށް ދިއުމުގެ ކުރިން އީގަލްސް މޮޅުކޮށްދިން ގޯލު ސެޑިކް ވަނީ ކާމިޔާބު ކޮށްދީފަ އެވެ.

އީގަލްސްއިން މެޗުގެ ލީޑު ނަގާފައިވަނިކޮށް ޔޫވީގެ ދެ ކުޅުންތެރިއަކަށް ރެފްރީ ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އެއީ ކެރިކް އާއި އިބްރާހިމް ސަފްރާޒެވެ.

ފައިނަލްގައި އަންނަ އަންގާރަ ދުވަހު އީގަލްސްއާ ދެކޮޅަށް ނުކުންނަން ޖެހޭ ޓީމެއް ކަށަވަރު ވަނީ މާދަމާ ރޭ ކުޅޭ ދެވަނަ ސެމީ ފައިނަލްގައި ޓީސީ އާއި މާޒިޔާގެ މެޗަށްފަހުގަ އެވެ.