ބެންކޮކް(ނޮވެމްބަރު 28): ތައިލެންޑްގެ ރަސްކަމަށް އިސްވެ ވަޑައިގަންނަ ތާހިރަކީ އަންނަ މަހުގެ ދެ ވަނަ ދުވަސް ކަމަށް ހަމަޖައްސައިފި އެވެ.

ބައްޕާފުޅު ބުމިބޯލް ރަސްގެފާނު އަވަހާރަވުމާ ގުޅިގެން ހިތާމަ ކުރަން ދުވަސް ބޭނުންވާ ކަމަށް ވިދާޅުވެ ރަސްކަމަށް ވަޑައިގަތުން ލަސްކުރެއްވި 64 އަހަރުގެ ވަޖިރަލުންގްކޯން ތަހުތަށް އިސްކުރުން ޑިސެމްބަރު ދޭކަށް ހަމަޖައްސާފައިވާ ކަން އިއުލާން ކޮށްފައި ވަނީ ޝާހީ އާއިލާގެ ގަނޑުވަރުން ތައިލޭންޑުގެ ހުރިހާ މިނިސްޓްރީތަކަށް ފޮނުވި ލިޔުމެއްގައެވެ.

ވަޖިރަލުންގްކޯން ރަސްކަމަށް ވަޑައިގަންނަވަންދެން ރަސްކަމުގެ ކަންތައްތައް ބަލަހައްޓަވަނީ، ރަސްގެފާނުގެ އެޑްވައިޒަރީ ކައުންސިލްގެ ވެރިޔާ އަދި ކުރީގެ ބޮޑުވަޒީރު ޕްރޭމް ޓިންސުލަނޮންޑާއެވެ.

ތައިލެންޑްގެ ވަލީއުލްއަހްދު ކަމުގެ މަގާމަށް ވަޖިރަލުންގްކޯން އިސްކޮށްފައިވަނީ 1972 ވަނަ އަހަރު އޭނާގެ ބައްޕަ ބުމިބޯލް ރަސްގެފާނެވެ. ބުމިބޯލް ރަސްގެފާނު އެތަށް އަހަރެއްވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.