15 Dec 2016, 14:35
މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އިން ލައިފް ސްޓައިލް ލީސްގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެމްއެފްއެލްސީން ބުނީ އެ ޕްރޮމޯޝަނަކީ މީލާދީ އަހަރު ނިމުމާ ކައިރިވެފައި ވާތީ، ކަސްޓަމަރުން ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ފެށި ޕްރޮމޯޝަނެއް ކަމަށެވެ.
އެގޮތުން އެ ޕްރޮމޯޝަންގެ ދަށުން ޑައުން ޕޭމަންޓް ދެއްކުމެއް ނެތި، ގެރެންޓީއެއް ނެންގެވުމެއް ނެތި، މުދަލަށް އެދި ހުށަހަޅާތާ ތިން ދުވަސް ތެރޭ މުދާ ލިބޭނެ ކަމަށް އެމްއެފްއެލްސީން ބުންޏެވެ.
އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި ޑިސެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި "ލައިފް ސްޓައިލް އިންސްޓޯލްމެންޓް ސްކީމް" މެދުވެރިކޮށް ނަގާ އެއްވެސް މުދަލަކަށް ޑައުން ޕޭމަންޓް ދައްކާކަށް ނުޖެހޭނެ އެވެ.
އޭގެ އިތުރުން އެ މުއްދަތުގައި ހިދުމަތަށް އެދޭތާ ތިން ދުވަސް ތެރޭ މުދާ ލިބޭނެ ކަމަށާއި 60،000 ރުފިޔާ އަށް ވުރެ ދަށުން މުދާ ނަންގަވާ ފަރާތްތަކަށް ގެރެންޓާ އެއް ބޭނުން ނުވާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެ އެވެ.
އެމްއެފްއެލްސީއަކީ އާންމުންނަށާއި ވިޔަފާރިތަކަށް ވެސް ގޭގައި ހިފައި ގެންގުޅޭ ސާމާނުގެ އިތުރުން ހަރު މުދާ ވެސް ލީސް ކޮށްދޭ ކުންފުންޏެކެވެ. އަދި މީގެ އިތުރުން އެ ކުންފުނިން ދާދި ފަހުން ވަނީ ގެދޮރު އިމާރާތް ކުރުމަށްވެސް ލޯނު ދޭން ފަށާފަ އެވެ. އެމްއެފްއެލްސީން މުދާ ނެގޭނީ އެ ކުންފުންޏާއެކު ސްކީމް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކުންފުނިތަކުގެ މުވައްޒަފުންނަށެވެ.