ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަތަނަސިރި ވިކްރަމަނަޔަކެ މިއަދު އަވަހާރަވެއްޖެ އެވެ. ވިކްރަމަނަޔަކެ އަވަހާރަވި އިރު އުމުރުފުޅަކީ 83 އަހަރެވެ.

ވިކްރަމަނަޔަކެ ފުރަތަމަ ޕާލަމެންޓްގެ ގޮނޑިއެއް ކާމިޔާބު ކުރެއްވީ 1960 ވަނަ އަހަރު އެވެ. އެއީ އެމްއީޕީގެ ޓިކެޓެއްގަ އެވެ.

އޭގެ ދެ އަހަރު ފަހުން އޭނާ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)އާ ގުޅިވަޑައިގަތެވެ. އަދި ދެ ފަހަރެއްގެ މަތީން ޕްރައިމިނަސްޓަރުގެ މަގާމު އަދާކުރެއްވި އެވެ. ދެ ހާސް ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމަ އަށް ފުރަތަމަ ޕްރައި މިނިސްޓަރުކަން އަދާ ކުރެއްވީ ޗަންދުރިކާ ކުމާރުތުންގާގެ ރައީސް ކަމުގަ އެވެ. އަދި އެއަށް ފަހު 2005 އިން 2010ގެ ނިޔަލަށް ރައީސް މަހިންދާ ރާޖަޕަކްސާގެ ވެެރިކަމުގަ އެވެ.

ކުރިން ލަންކާގައި ބޮޑުވަޒީރުގެ މަގާމަކީ ބޮޑަށް ރަމްޒީ މަގާމެކެވެ.

ވިކްރަމަނަޔަކެ ވަނީ ތަފާތު ފަހަރު މަތީން ތިން ވުޒާރާއެއް ވެސް ހިންގަވައިފަ އެވެ. އަދި އިދިކޮޅު ލީޑަރެއްގެ މަގާމު ފުރުއްވި އިރު ގިނަ ދުވަސްތަކެއް ވަންދެން ވަނީ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.

ެޭެއޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ސިޔާސީ ކަންކަމުން ދުރަށް ޖެހިވަޑައިގަތީ 2010 ވަނަ އަހަރު އެވެ. އަދި އެ އަށް ފަހު އޭނާގެ ދަރިކަލުން ވިރުދާ ވިކްރަމަނަޔަކެ ވަނީ މަޖިލީހުގެ އޭނާ ފުރުއްވި ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ.