ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު އަންހެން ކޯޗަކަށް ޖަރުމަން ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު ސިލްވިއާ ނައިޑް ހޮވިއްޖެއެވެ.

ސްވިޒަލެންޑްގެ ޒިއުރިކްގައި މިހާރު ކުރިއަށްދާ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ހަފްލާގައި ސިލްވިއާ ނައިޑްއަށް އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ވަނީ ހަވާލުކޮށްފައެވެ.

އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު ނައިޑް ހޯދާފައިވަނީ އެމެރިކާ ގައުމީ ޓީމުގެ ކޯޗު ޖިލް އެލިސް އަދި ސްވިޑަން ގައުމީ ޓީމުގެ ކޯޗު ޕިއާ ސަންޑޭޖްއާ ވާދަކޮށްގެންނެވެ.

ޖަރުމަން ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމު 2005 ވަނަ އަހަރުން ފެށިގެން އަދާކުރަމުންދާ ނައިޑް ވަނީ މިދިޔަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުގެ ރަން މެޑެއްޔެއް ޖަރުމަނަށް ހޯދައިދީފައެވެ.