10 Jan 2017, 14:16
ބިޔަރު ދަޅެއް ގެންގުޅުނު މީހަކު 21،000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.
ބިޔަރު ދަޅެއް ގެންގުޅުމުގެ ކުށުގައި 21،000 ރުފިޔާ އިން ޖޫރިމަނާކޮށްފައި ވަނީ މ. މުޑުވިލު މުހައްމަދު ހައްސާނެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހުގެ ރޭ ދަންވަރު 1:02 އެހައިކަންހާއިރު، ހައްސާނާއި އިތުރު މ. ޖަންތަރިގެ ކައިރިން ސައިކަލްގައި ދަނިކޮށް އެ ދެ މީހުން ހުއްޓުވި ވަގުތު ބިޔަރުދަޅެއް ބިންމައްޗަށް ވައްޓާލާފައިވާ ކަމަށެވެ.
އެ ބިޔަރުދަޅަކީ ހައްސާންގެ އެއްޗެއް ކަމަށް ބުނެ ޝަރީއަތުގެ މަޖިލީހުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އެހެންކަމުން ގާނޫނުލް އުގޫބާތުގެ ދަށުން ހައްސާން 21،000 ރުފިޔާ އިން ޖޫރިމަނާކޮށް، އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
މީގެ އިތުރުން ބަނގުރާ ބުއި ކަމަށް ވެސް އޭނާ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައި ވާތީ 5400 ރުފިޔާ އިން ޖޫރިމަނާކޮށް 40 އެތިފަހަރުން ހައްސާން ޖަލްދު ކުރުމަށް ވަނީ ހުކުމް ކޮށްފަ އެވެ.