17 Jan 2017, 14:32
މާދަމާ އިން ފެށިގެން މާލޭ ނޯތު ހާބަރަށް ސައިކަލް ވަދެވޭ ގޮތް ހަދައި ވެހިކަލް ވަނުމަށް ނަގާ ފީގެ އަގުތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.
މީގެ ކުރިން ކާރާއި ޕިކަޕަށް ޓިކެޓެއް ގަނެގެން ވަދެވޭއިރު އެޓިކެޓު ބޭނުންކޮށްގެން އެދުވަހު އެއްކޮށް ވަދެވެ އެވެ. ނަމަވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަލަށް ގެނައި ބަދަލާ އެކު އެބަނދަރަށް ވަންނަ ކޮންމެ ފަހަރަކު ފީ ދައްކަން ޖެހެ އެވެ.
އަލަށް ގެނައި ބަދަލާ އެކު ކާރާއި ޕިކަޕް ބަނދަރަށް ވަނުމަށް ފަސް ރުފިޔާ ނަގާއިރު ބޮޑު ޕިކަޕް، ލޮރީ އަދި ވޭން ބަނދަރަށް ވަނުމަށް ނަގަނީ 10 ރުފިޔާ އެވެ.
އެސަރަހައްދަށް އަލަށް ސައިކަލްތަކަށް ހުޅުވާލާ އިރު އެއް ގަޑި ވަންދެން ފަސް ރުފިޔާއަށް ޕާކް ކުރެވެ އެވެ.