02 Feb 2017, 09:24
ވިލާތުގެ އިއްތިހާދުން ވަކިވުމަށް ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދުމަށް އިނގިރޭސި ވިލާޓުގެ ސުޕްރީމް ގާނޫނު ހަދާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އިނގިރޭސި ސަރުކާރުން ހޯދައިފި އެވެ.
އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމަށް މިދިޔަ އަހަރު ނިންމި އިރު، އެގައުމުގެ ބޮޑުވަޒީރު ތެރީސާ މޭ ގެންދެވީ އީޔޫއިން ވަކިވުމުގެ ކަންކަން އަވަހަށް ފަށައިގެން ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުންނެވެ. އެހެން ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ވިލާތުގެ އިއްތިހާދުން ވަކިވުމުގެ ކަންކަން ކުރިޔަށް ގެންދަން ޖެހޭނީ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯޑައިގެން ކަމަށް އިނގިރޭސި ވިލާތުގެ ސުޕްރީމް ކޯޓުން ހުކުމް ކުރި އެވެ.
މިއީ ތެރީސާ މޭއަށް ގޮންޖެހުން ބޮޑު ކަމަކަށް ވީ، ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވެވަޑައިގެންނެވި ނަމަވެސް ގާނޫނު ހަދާ މަޖިލީހުގައި އޭނާއަށް ތާއީދުކުރާ މެމްބަރުން މަދުވުމެވެ.
އެހެން ނަމަވެސް އިއްޔެ ޔޫކޭ ޕާލަމެންޓުގެ ތިރިގޭގައި ނެގި ވޯޓުގައި، އީޔޫއިން ވަކިވުމުގެ ކަންކަން ކުރަން ފެށުމުގެ ބިލު ބަލައިގަތުމަށް އަޣުލަބިއްޔަތެއް ވަނީ ލިބިފަ އެވެ.
ލިޒްބަން މުއާހަދާގެ 50 ވަނަ މާއްދާއާ އެއްގޮތަށް، ވިލާތުގެ އިއްތިހާދުން އިނގިރޭސި ވިލާތް ވަކިކުރުމުގެ ބާރު ބޮޑުވަޒީރު ތެރީސާ މޭއަށް ލިބޭ ގޮތަށް އެ މަޖިލީހަށް ހުށާހެޅި ބިލަށް 498 މެމްބަރުންގެއ އަޣުލަބިއްޔަތު ލިބުނެވެ. އެ ބިލާ ދެކޮޅާށް ވޯޓު ދިނީ 114 މެމްބަރުންނެވެ.
ނަމަވެސް މި ބިލު ގާނޫނަކަށް ވާނީ ގަނޫނު ހަދާ މަޖިލީހުގެ ހައުސް އޮފް ލޯޑްސް ނުވަތަ މަތިގެއިން ވެސް ފާސްވުމުންނެވެ.
މި ބިލު މަޖިލީހަށް ބަލައިގެންފައިވާ އރު، އަންނަ ހަފްތާގައި އެ ބިލުގެ ކޮމިޓީ މަރުހަލާ އޮންނާނެ އެވެ.
ބޮޑުވަޒީރު ތެރީސާ މޭ މިހާރު ވަނީ، އީޔޫއިން ވަކިވުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައްވައިފަ އެވެ. މޭ ނިންމަވާފައި ވަނީ ދެ އަހަރުގެ ތެރޭގައި އެކަން އެއްކޮށް ނިންމައި، އީޔޫއިން އިނގިރޭސި ވިލާތް ވަކި ވުމަށެވެ. އަދި މި މަސައްކަތް މިއަހަރުގެ މާޗު މަހުގެ ތެރޭގައި ފަށަން އޭނާ ބޭނުންފުޅުވެ އެވެ.