07 Feb 2017, 13:36
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި، ހޯދަމުންދާ ދެ މީހުންނަކީ ތ. ވިލުފުށި، ޗާނދަނީގެ، މުޙައްމަދު ޝަފީޤް (33އ) އާއި ހ. ފިލިކުރިގެ ޙުސައިން މޫސާ (33އ) ކަމަށެވެ. އަދި މި ދެ މީހުންވެސް ހޯދަމުން ދަނީ ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ދެމީހުންނާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަން ފުލުހުންނާ ހިއްސާ ކުރެއްވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.